ޚަބަރުމުނިފޫހިފިލުވުން

ފިރިހެނަކަށް ވަނީ ގޮޅިޖެހި ގަމީސް ލާފަ ޖީއެން ދުއްވީމަ އެކަނިތަ؟

ބަވަނަ ވަމުން މިއަންނަ ދުނިޔޭގައި ހުރިހާ ކަމެއް ވެސް މިދަނީ ބަދަލު ވަމުންނެވެ. ބައެއް މީހުން އެއަށް ތަހުޒީބު ވުމޭވެސް ކިޔާއުޅެއެވެ. އަނެއް ބައި މީހުން އެއަށް ފެޝަނޭވެސް ކިޔާ އުޅެއެވެ. ވަކި ޖިންސަކަށް ވެވޭ ޝަރުތު ތަކުގައި މިފަދަ ފެޝަންތަކަށް އުޅެން ޖެހިފައިވާ ކަހަލައެވެ. އެގޮތުން މިހާރު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ފިރިހެނެއްނަމަ، ގޮޅި ޖެހި ގަމީސް ލާންޖެހޭ ވާހަކައެވެ. އަދި އެމީހަކީ ޖީއެން ބްރޭންޑުގެ ސައުކަލެއްޗދުއްވާ މީހަކަށް ވާން ޖެހޭނެއެވެ.

މިއީ ޒުވާނުންގެ މެދުގައި ބަހުސް ކުރެވޭ އެއް މައުޟޫއެވެ. ސަބަބަކީ އެންމެ ގިނައިން މި މަންޒަރު ފެންނާތީއެވެ. ޖީއެން ސައިކަލެއް ދުއްވާ ކޮންމެ ފިރިހެން ކުއްޖެއް ކަހަލަ ގޮތަކަށް ގޮޅި ޖެހި ގަމީސް ލާ މަންޒަރު ފެނިގެން ދެއެެވެ. މިއީ އެއްގޮތަކަށްވެސް އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެނެވެ.

ސޯޝަލް މީޑިއާއަށް ބަލައިފިނަމަ ދޭތެރެއަކުން އަބަދުވެސް ފެނިގެން ދަނީ މިކަމާ ގުޅިގެން ހަދައިފައިވާ މީމް ތަކެވެ. އެކަމަކު މި ފެޝަނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. ފިރިހެން ކުއްޖަކު ތިމަންނައަށް ބައިވެރިއަކު ނުލިބި ލަސްވަނީ ތިމަންނަ ގޮޅި ޖެހި ގަމީހެއް ލާފައި، ޖީއެން އެއް ނުދުއްވާތީ ހޭ ކިޔާފައި ސޯޝަލް މީޑިއާއިން ފެންނަ ޕޯސްޓުތައްވެސް މަދެއް ނޫނެވެ. އަދި އަންހެން ކުއްޖެއްގެ ނަޒަރުގައި ފިރިހެނަކު، ފިރިހެނަކަށް ވަނީ ގޮޅިޖެހި ގަމީސް ލައިގެން ޖީއެން އެއްގައި އުޅުނީމައި އެކަނި ހޭ ކިޔައި ސުވާލު އުފައްދާފައި ހުންނަ ޕޯސްޓުތައްވެސް ހުރެއެވެ.

ކޮންމެއަކަސް ގޮޅިޖެހި ގަމީހާއި ޖީއެންގެ ”ޓްރެންޑު“ ގެންގުޅޭ ފިރިހެން ކުދިންނަށް އަމާޒުކޮށް އަންހެން ކުދިންގެ ފަރާތުން މަލާމާތުގެ ބަސް ސޯޝަލް މީޑީއާގައި ރައްދު ކުރުން ގިނަ ކަން އެންމެނަށް ވެސް ފާހަގަ ވާނެއެވެ. މިކަން މިހެން އޮތް ނަމަވެސް އެ ފެޝަނަށް ލޯބިކުރާ ފިރިހެން ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ނުހަދާނަމޭ ބައެއް އަންހެން ކުދިން ބުންޏަސް، އެ ”ޓްރެންޑު“ ގެ ކުދިންނާއި ލޯބީގެ ގޮތުން ގުޅޭ އަންހެން ކުދިންގެ އަދަދު މަދެކޭ ނުބުނެވޭނެއެވެ.

މިއީ މިއަދުގެ ހަގީގަތްކަން ހުރިހައި އެންމެ ވެސް ދަންނާނެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި ދޭތެރެއަކުން މިއަޑުތައް ގިނަވާ ދުވަސްތައްވެސް އާދެއެވެ. ނަމަވެސް މިވާހަކަ ދައްކައިފިނަމަ، އުފެދޭ ސުވާލަކީ ފިރިހެނަކަށް ވާނީ ގޮޅިޖެހި ގާމީސް ލާފައި ޖީއެން އެއް ދުއްވުމުން އެކަނި ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button