ޚަބަރުސިޔާސީ

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ދިފާއުގައި 18 ހެއްކެއް ހުށައަޅައިފި

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ދިފާއުގައި 18 ހެއްކެއް އެމަނިކުފާނުގެ ފަރާތުން ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅީ ހަތް މީހަކާއި 11 ލިޔުމެކެވެ.

ޔާމީންގެ މައްޗަށް ކުރަނީ އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށްބުނެ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރައީސް ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ކުރެ އެވެ.

ޔޫސުފް ނައީމްގެ ފަރާތުން ދިފާއުގައި ހުށަހެޅީ 13 ހެއްކެކެވެ. އެއީ ތިން މީހަކާއި 10 ލިޔުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button