ރޯދަމަހަށް ފުރުގާން މިސްކިތް މަރާމާތުކޮށް ނިމޭނެ: އިބުޓީ

މާލެ ސިޓީގެ މިސްކިތްތައް އާބަތުރަފިލުވުމުގެ މަސައްކަތުގެ ތެރެއިން ފުރުގާން މިސްކިތުގެ މަސައްކަތް ކުރިއަށްއޮތް ރަމަޟާން މަހަށް ނިންމާލެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުހައްމަދު (އިބުޓީ) ވިދާޅުވެއްޖެއެވެ.
އިބުޓީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތައް އާބާތުރަ ފިލުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުރުޤާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.
މާލޭގެ މިސްކިތްތައް އާބާތުރަ ފިލުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުރުޤާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
1/2 pic.twitter.com/fZWFaC1HFN— Ibrahim Mohamed (@ibrahim_ibuty) March 30, 2022
އިބުޓީ ވިދާޅުވީ ކަނބަލުން ނަމާދުކުރުމަށް ޚާއްޞަ ސަރަޙައްދު ގެ މަރާމާތާއިއެކު އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތް ރަމަޟާން މަހުގެ ކުރިން ފުރުޤާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
މާލެ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުމުގެ ޕްރޮގްރާމްގެ ދަށުން، ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން 32 މިސްކިތެއް މަރާމާތުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.