ޚަބަރުސިޔާސީ

ސަރުކާރަށް ތާއީދެއްް ނެތް: ނަޝީދު

މި ސަރުކާރަށް ތާއީދު ނެތް ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

”އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް.“ ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިއަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށެވެ. ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނު ކަމަށެވެ. އަދި މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ކަންކަން ނުކުރަން ތަކުރާރުކޮށް ދެންނެވި ކަމަށާއި އަދި މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނީ ކަމަށް ވިދާޅުވި އެވެ.

ލޯނުތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އަށް އިޝާރާތްކޮށް ރައީސް ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ މި ހިނގަނީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ. އަދި ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން ބަލާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ތާއީދު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިދާނެ ކަމަށް މިހާރު ވެސް ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނާޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއިއެކު ނަޝީދަށް ތާއިދު ކުރާ މެންބަރުންނާއި ރައީސް ސޯލިހަށް ތާއިދު ކުރާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެފައި ވަނިކޮށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button