ޚަބަރުސިޔާސީ

ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި މަޑިވަރު އެއާޕޯޓު ހުޅުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރެއްދޫ ހޯލްޑިންސްއާއި ހަވާލުކޮށްގެން ޅ.އަތޮޅުގައި ތަރައްގީ ކުރަން ފެށި މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަފިއެވެ.

ކުރެއްދޫ ހޯލްޑިންސްއާއި މަޑިވަރު އެއާޕޯޓް ހަވާލު ކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި އެއާޕޯޓް އެޅިޔަ ނުދިނުމުގެ ގޮތުން އެމްޑީޕީއިން ވަނީ ”ސޭވް މަޑިވަރު“ ގެ ނަމުގައި ކެމްޕެއިނެއްވެސް ކޮށްފައެވެ. އެކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް މި ކެމްޕެއިންގައި ވަނީ އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި ފުލައިޓް ޕާކުކުރާނެ އޭޕްރަން އެއްގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ވިސްނައިގެން އެކަމަށް ހާއްސަ އިމާރާތެއް ހަދާފައި ހުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button