
މާލެ ސިޓީ ކައުންސިލުން 2022 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ލޮނުޒިޔާރަތް ޕާކުގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ގިނަ ސުވާލު ތަކަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަވާބު ދެއްވާފައެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން ނިމިދިޔަ 2021 ވަނަ އަހަރު ކުރެވުނު މުހިންމު ކަންކަމާއި ގުޅޭ އަހަރީ ރިޕޯޓު ވަނީ އާންމުކޮށްފައެވެ. މިއާއިއެކު ކައުންސިލްގެ މާލީ ބަޔާނުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުން ނިންމާލައިފައިވަނީ މާލެ ސިޓީގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދެއްވި މާހެފުމަކުންނެވެ.