ޚަބަރު
އަނގޮޅިތީމު ބަނދަރުގެ %92 މަސައްކަތް ނިމިއްޖެ

ރ. އަނގޮޅިތީމުގެ ބަނދަރު ހެދުމުގެ %92 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އަނގޮޅިތީމު ބަނދަރުގެ ބްރޭކް ވޯޓާގެ މަސައްކަތް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އަނގޮޅިތީމުގެ ބަނދަރު 42،000 ކިއުބިކް މީޓަރަށް ފުންކޮށް 615 ކިއުބިކް މީޓަރަށް ނެރު ވެސް ފުންކުރާނެއެވެ. އަދި 1110 ސްކޮޔާ މީޓަރުގެ ޕޭމަންޓަކާއި ފަސް މޫރިން ބްލޮކްސްވެސް ގާއިމުކުރާނެއެވެ.
166 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 91.44 މީޓަރުގެ އެއްގަމު ތޮއްޓަކާއި 221 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލާނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމެވެ.