ޚަބަރު
ރޮނަލްޑޯ އިތުރު ރެކޯޑެއް މުގުރާލައިފި
ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ވާދަވެރި މެޗުތަކުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.
ޗެކްރިޕަބްލިކްގެ ޖޯސެފް ބިކާން 805 ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑު ރޮނާލްޑޯ މުގުރާލީ ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހަދައި، 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މިރޭ މޮޅުކޮށްދީފި އެވެ.
ރޮނާލްޑޯގެ ހެޓްރިކައެކު އޭނާ ވަނީ ޔުނައިޓަޑަށް 136 ގޯލު ކާމިޔާބު ކޮށްދީފައެވެ. ޕޯޗުގަލްގެ ސްޕޯޓިން އަށް ފަސް ލަނޑު ޖަހައިދިންއިރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ވަނީ 450 ލަނޑު ޖަހައިދީފަ އެވެ. އިޓަލީގެ ޔުވެންޓަސް އަށް 101 ލަނޑު އަދި ގައުމީ ޓީމަށް 115 ގޯލް ރޮނާލްޑޯ ވަނީ ކާމިޔާބު ކޮށްދީފައެވެ.