
މަލޭ ސިޓީ ކައުންސިލުން ބާއްވާ އަވަށު ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލެ ދާއިރާގެ ބައްދަލުވުން ރޭގެ ވަގުތެއްގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މޭޔަރާއި ކައުންސިލަރުންގެ އިތުރުން އެދާއިރަގެ މަޖިލިސް މެންބަރު އަހުމަދު އުޝާމްވެސް ބައިވެވަޑައިގަނެފައިވެއެވެ.
ވިލިމާލޭގެ ބިން ބޭނުންކުރާނެ ގޮތާއި މެދު ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން. pic.twitter.com/F1FlY3Mdx8
— Male' City Council (@MaleCitymv) March 9, 2022
މި ބައްދަލުވުމުގައި އެދާއިރާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި މަޝްރޫއުތަކުގެ މައުލޫމާތުވެސް ރައްޔިތުންނާއި ވަނީ ހިއްސާކުރައްވާފައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ކަމަށެވެ.
މި ބައްދަލުވުން ބާއްވައިފައިވަނީ މުހިއްޔިއްދީން ސްކޫލުގައެވެ.