ޚަބަރު
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފަރުވާ ދެމުން ގެންދިޔަ ޒުވާނާ މަރުވެއްޖެ

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ޒުވާނަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ދުއްވި ސައިކަލުގެ ފަހަތުގައި ހުރި 22 އަހަރުގެ ޒުވާނާއެވެ. ”ބޮންތި“ އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އިސްމާއިލް ޔަޒްދާން އަލީ ނަމަކަށް ކިޔާ ޒުވާނެކެވެ. ފުލުހުން ބުނިގޮތުގައި ސައިކަލު ގޮސް ޖެހުނީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 22:00 އެހާކަންހާއިރުގައެވެ. އަދި ސައިކަލު ދުއްވި މީހާ ވަނީ ފިލާފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.