ޚަބަރުސިޔާސީ

ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ހެޔޮ ބަދަލެއް ގެނެސްދީފައިވޭ: އަސްރާ

ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދީފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެމްއެންޕީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަސްރާ ވިދާޅުވީ ގައުމެއް ކުރިއަރާދިއުމުގައި ޒުވާނުންގެ ދައުރު މުހިންމުކަމާމެދު ޝައްކެއް ނެތްކަމަށެވެ. އެހެންނަމަވެސް ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޖުމްލަ ގޮތެއްގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އަދި ޒުވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހި ކުރުމަކީ ގޮންޖެހުންތައް ދެގުނަ ވެގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލު އުމުރުން ފެށިގެން ސިޔާސީ ސަފަށް ޒުވާން އަންހެން ކުދިން ނެރުމަށް ތައްޔާރު ކުރުން މުހިންމު ކަމަށާއި އަދި ސިޔާސަތުތައް ފަރުމާ ކުރާ އިރު ޒުވާން އަންހެން ކުދިންނަށް ޖާގަ ތަނަވަސްކޮށްދޭން ޖެހޭކަމުގައި އަސްރާ ވިދާޅުވިއެވެ.

”އިންޓަރ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 30 އަހަރުން ދަށުގެ ޕާލިމެންޓޭރިއަނުން ތިބީ އެންމެ %2.2، އަދި އޭގެ ތެރެއިން އަންހެނުން ހިމެނެނީ %1 ވުރެންވެސް މަދުން، ގައުމުގެ މުހިންމު ގާނޫނުތަކާއި ސިޔާސަތު ބައްޓަން ކުރުމުގެ ޒުވާން އަންހެނުންގެ ތަމްސީލުވުން ނެތް ނަމަ، އުފެދޭ ޤާނޫނު ތަކާއި ސިޔާސަތުތަކުގައި ޒުވާން އަންހެން ކުދިންނަށް ހާއްސަކޮށް ދިމާވާ ތަފާތު މައްސަލަތަކަށް ހައްލެއް ލިޔެވިފައި ނޯންނާނެ.“ އަސްރާ ވިދާޅުވިއެވެ.

އަސްރާ އިތުރަށް ވިދާޅުވީ ޒުވާން އަންހެން ލީޑަރުން އުފެއްދުމުގައި އަންހެނުންގެ ދައުރުވެސް މުހިންމު ކަމަށާއި، ގާބިލު ޒުވާން އަންހެނުން ކުރިޔަށް ނިކުތުމަށް ހުޅުވާލެވިފައިވާ ހިތަކާއި އެކީ ބާރުއަޅާ އެހީތެރިވާންޖެހޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button