ޚަބަރުސިޔާސީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އޮފީސް މޭޔަރު ހުޅުވައިދެއްވައިފި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (އ.ތ.މ) ގެ އޮފީސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުވައި ދެއްވައިފިއެވެ.

މޭޔަރު މި އޮފީސް ހުޅުވައިދެއްވީ މިއަދުއެވެ. މި ރަސްމިއްޔާތުގައި އ.ތ.މ ކޮމެޓީގެ ހުރިހާ މެންބަރުންނާއި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ. މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން ޢ.ތ.މ ކޮމެޓީގެ މެންބަރުންގެ މަސައްކަތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ.

މާލެ ސިޓީ ކައުންސިލް އަދި މޭޔަރުގެ އަމާޒަކީ އ.ތ.މ ކޮމެޓީގެ މެންބަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ކޮމެޓީގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލް އަދި މޭޔަރުގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button