ޚަބަރު

ރޯދަމަހު މާލޭ ސިޓީ ކައުންސިލުން ގުރުއާން މުބާރާތެއް ބާއްވަނީ

ކުރިއަށް އޮތް ރޯދަ މަހު މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މުބާރާތް ކުރިއަށް ގެންދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 13 އަހަރުން ދަށެވެ. ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.

މި މުބާރާތުގައި ކޮންމެ ގުރޫޕަކުން ވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވުމަށް ވަނީ ނިންމާފައެވެ.

ކޮންމެ ގްރޫޕަކުން އެއްވަނައަށް ހޮވޭ ކުއްޖަކަށް 7،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ދެވަނަ އަށް 5،000 ރުފިޔާ އަދި ތިން ވަނަ އަށް 3،000 ރުފިޔާ ވަނީ ދިނުމަށް ނިންމާފައެވެ. އަދި މުޅި މުބާރާތުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާ، ދެވަނަ 7،000 ރުފިޔާ އަދި ތިން ވަނަ އަށް 5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއިން ކޮންމެ ވަނައަކަށް ވެސް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ އާއި ސެޓްފިކޭޓް ވެސް ދޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 20 ވަނަ ދުވަހެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button