ޚަބަރުސިޔާސީ

އަނެއްކާވެސް ފެލްޓް އަޅަން ނާދީ އާއި އޯޑިއޯން ބިން އިންޑިއާގެ ޓާޓާއަށް ދޭން ނިންމައިފި

ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިމާއި، ކުރީގެ އޯޑިއޯން ސިނަމާގެ ބިން އަލުން މަތީ ފެންވަރުގެ ފެލްޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އޯޑިއޯން ބިމާއި ނާދީ ހުރި ބިމުގައި ފްލެޓް އަޅަން މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލު ކުރީ އިންޑިއާގެ ޓާޓާ ހައުސިންގ ކުންފުންޏާއެވެ. އެ ކުންފުންޏަށް އެ ދެބިން ދިނުމުގައި ގާކޮއްޓާއި، އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޝަރުތުކުރިއެވެ.  އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ފްލެޓުތައް އެޅިއެވެ. ޓާޓާ ކުންފުންޏަށް ޅ.ޅޮއްސަލަ ފުށީގައި ރިސޯޓެއް އަޅަން ވެސް ހުއްދަ ދިނެވެ. އެކަމަކު ނާދީ އާއި އޯޑިއޯން ބިން މިއަދާ ހަމައަށްވެސް އޮތީ ހުހަށެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”އަވަސް“ އިން ރިޕޯޓު ކުރިގޮތުގައި  މި އެއްބަސްވުމުގައި އަލުން ސޮއި ކުރަން ހަމަޖެހިފައިއޮތީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. މިދެބިމުގައި މަތީ ފަންތީގެ ޖުމްލަ 120 ފްލެޓު އަޅަން ޓާޓާ އިން ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލަން ނިންމީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެގެން، އިތުރަށް ދިން މުއްދަތުގެ ތެރޭގައިވެސް  މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ. އަދި އެއްބަސްބުން އުވާލާފައި ވަނިކޮށް އިންޑިއާގެ ޓާޓާ ކުންފުނިން ވަނީ ނުފޫޒު ބޭނުންކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެ ދެބިމުގައި އިމާރާތްކުރާ ދެ އެޕާޓްމަންޓް ބިލްޑިންގުގެ ބިންގާ އެޅިއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.

މި ބިންތައް އަތުލި މައްސަލައިގައި 2018 ވަނަ އަހަރު އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް 200 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން ހުށަހެޅި އެވެ. އެކަމަކު އާބިޓްރޭޝަންގައި އެ މައްސަލަ އޮތީ ތާށިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button