ޚަބަރު
ނައިބު ރައީސް ފައިސަލް ކޯވިޑަށް ފައްސި، ހާލުކޮޅު ރަނގަޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް މި ބައްޔަށް ފައްސިވެފައިވަނީ މިއަދެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށާއި، ހާލުކޮޅު ރަނގަޅުކަމަށްވެސް އެއޮފީހުން ބުންޏެވެ.
މިއަހަރުގެ ކުރީކޮޅުގައިވެސް ނައިބު ރައީސްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވެއެވެ. އެފަހަރު ހެދި ޓެސްޓުން އެމަނިކުފާނު ކޯވިޑަށް ފައްސިއެއް ނުވެއެވެ.
”ބޮންތި“ ނޫހުން އެދެނީ ނައިބު ރައީސަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރެއްވުމެވެ.