ޚަބަރު

ސަރުކާރުން ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދުކޮށްފި

ސަރުކާރުން ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހު 23 އާ ހަމަޔަށް 45.7 މިލިއަން ރުފިޔާ، ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ވަނީ ހަރަދު ކޮށްފައެވެ. 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ހަރަދު ކޮށްފައިވަނީ 2.3 މިލިއަން ރުފިޔާއަށްވާއިރު، މިއީ 13.4 މިލިއަންގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ވެސް ސަރުކާރުގެ ދަތުރުތަކަށް ބަޖެޓު ކުރި ވަރަށްވުރެ އެތައް މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާތީ، މި އަހަރު ނިމޭއިރު ބަޖެޓު ކޮށްފައިވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރު ވާނެކަމަށް ބެލެވެއެވެ. މިއަހަރު ސަރުކާރުގެ ދަތުރުތަކަށް ބަޖެޓު ކޮށްފައިވަނީ 210.2 މިލިއަނެވެ.

ސަރުކާރުގެ ދަތުރުތަކަށް ބޮޑެތި އަދަދުތަކުން ހަރަދު ކުރަމުން ދާއިރު، ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެއްދޭތީ، މިފަދަ ހަރަދުތަކާއި ރިކަރަންޓު ހަރަދުތައް ކުޑަކުރުމަށް މީގެ ކުރިންވެސް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ވުޒާރާތަކަށް އަންގާފައެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ރައީސް ސާލިހާއި ސަރުކާރުގެ އިސްބޭފުޅުން  ގައުމުން ބޭރަށް އެތައް ދަތުރެއް ކުރައްވައެވެ. އަދި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ވަރަށް ދަތުރު ކުރާހިތްވާ ބޭފުޅެއްކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button