މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.
މިކަން ހާމަ ކުރައްވާ މޭޔާރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 1000 ގޯއްޗާއި ގުޅޭގޮތުން ރައީސް ސޯލިހަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
Hulhumale in Male rayyithunnah dheyn kanda alhaafaivaakamah media in mauloomaath libey 1000 goathi,eyee hageegatheh kamugaivaanama,raajjeyge ehen rahthakugaives hiley dhevvaafadhain e goathi thah Male rayyithunnah hiley dhevvumah edhi RJ ah rasmeekoh sitee in vaanee dhannavaafai.
— Dr Mohamed Muizzu (@MMuizzu) March 3, 2022
މޭޔާރ އިތުރަށް ވިދާޅުވީ އެ ސިޓީގައި އެހެން ރަށްރަށެކޭ އެއްފަދައިން މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށްވެސް ހިލޭ ދެއްވުމަށް އެދިފައިވަނޭ ކަމަށެވެ.