ޚަބަރު

ބަޖެޓް ނެތްކަމަށް ބުނެ ސަރުކާރުން އެސްއޯ ފުލުހުން ހާލުގައި ޖައްސައިފި

ބަޖެޓް ނެތްކަމަށްބުނެ އެސްއޯ ފުލުހުންނަށް މިސަރުކާރުން ވަމުންދާ އިހުމާލު އެސްއޯ ފުލުހުންގެ ފަރާތުންބޮންތިނޫހާއި ހިއްސާ ކުރައްވައިފިއެވެ.

މަޢުލޫމާތު ދެއްވި ފުލުސް މީހާ ވިދާޅުވީ މިހާރު ޕްރޮމޯޝަން ނުދީ 1 އަހަރު ވެފައިވާ ކަމަށާއި، މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން ދެއްވި ޖަވާބަކީ ބަޖެޓްގެ ދަތިކަމުގެ ވާހަކަކަމަށެވެ.

ބަޖެޓުގެ ދަތިކަމުން ކަމަށް ބުނެ އެސްއޯ ފުލުހުން ނަށް މަޤާމުގެ ކުރިއެރުން ނުލިބޭތާ އެއްއަހަރު ވެފައިވުމަކީ ނުހަނު ކަންބޮޑުވެ އެތައް ފުލުހުން އެކަމާއި ޝަކުވާކުރާ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވީ ފުލުހުން މިތާގަ އެބަތިބި ޕްރޮމޯޝަންނުދީ، ޝަކުވާކުރުމުން ދަންނަވަނީ ބަޖެޓެއްނެތޭ.“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްއޯ ފުލުހުން އިސްކަންދަރު ކޮށީގައި ބޭނުން ކުރާ އިސްތިރި ހަލާކުވެފައި ހުންނަތާ 3 ހަފްތާ ވެފައިވާކަމަށާއި، އާ އިސްތިރިއެއް ނުގަނެވިގެން އުޅެނީވެސް ބަޖެޓުގެ ދަތިކަމުން ކަމަށް އިދާރީ ޑިޕާޓްމެންޓުން ބުނެފައިވާ ކަމަށް އެސްއޯ ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

އަސްލު ކިހާ  އުނދަގޫ ވާނެ މިކަމުގެ ސަބަބުން. މިތާއެބަތިބި 40 އަކަށް ކުދިން .މައްސަލަ ހައްލުނުވެގެން އިސްވެރިންނަށް ދަންނަވައިގެންވެސް އެދެވޭނަތީޖާއެއް ނުނެރެދެވުނުފުލުސް މީހާ ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގެ ފުލުހުންގެ ބެރެކެސްގެ އިސްތިރި ހަލާކުވެފައިވާއިރު އެހެން ޑިޕާޓްމެންޓުތަކުގެ ފުލުހުން ދިރިއުޅޭ ކޮމްބައިންޑް ފެންޑާގެ ދޮންނަ މެޝިންތައްވެސް ވަނީ ހަލާކުވެފައެވެ. މެޝިންތައް ހަލާކުވެގެން އެ މަރާމާތު ކޮށްދޭން އެދުމުންވެސް އެކަން ކޮށްދީފައިނުވާކަމަށް ފުލުހަކު މައުލޫމާތު ދެއްވިއެވެ. އަދި މިކަމުގައިވެސް އުޒުރަކީ ބަޖެޓްގެ ދަތިކަން ކަމުގައި އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމްބައިންޑް ފެންޑާގައި އުޅޭ ފުލުހުން މިހާރު އެއްޗެހި ދޮންނަނީ މިހާރު އެސްއޯ ބެރެކެސްގައި ހުރި މެޝިނަކުން.  އެސްއޯ ފުލުހުން ބޭނުން ކުރަނީކޮމްބައިންޑް ފެންޑާގައި ހުރި އިސްތިރި. މިގޮތަށް މިހާ ގިނަމީހުން މެނޭޖްކުރަންވީމަ ވަރަށް ދަތިއޭނާ ވިދާޅުވިއެވެ.

ބަޖެޓު ނެތިގެން ކަމަށް ބުނެ އެސްއޯ ފުލުހުންނަށް އިންތިހާ އިހުމާލުވަމުން ދާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގައި އެކަނި އެމަނިކުފާނުގެ ދަތުރުފުޅުތަކަށް 16 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން  ފުލުހުންގެ އިސްވެރިންވެސް ބޮޑެތި ޚަރަދުތައްކޮށް ރާއްޖެއިންބޭރަށް  ކޮންމެ މަހަކު އެތައް ދަތުރުތަކެއް ދަނީ ކުރަމުންނެވެ.

އެމްޑީޕީގެ ވެރިކަން އަންނަ ކޮންމެ ފަހަރަކު ފުލުހުންނާއި ސިފައިންނާއި ދޭތެރޭ މިފަދަ އެތައް އިހުމާލެއް ވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ފުލުހުންނާއި ސިފައިންނަށް ވަނީ ވަރަށްބޮޑަށް އިހުމާލުވެފައެވެ. އަދި އޭރު ވެރިކަން ނުކުރެއްވިގެން ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއިން ފުލުހުންނާއި ސިފައިންނަށް މުޚާތަބު ކުރަނީ ބަޣާވާތް ކުރި ”ބާޣީން“ގެނަމުންނެވެ. އެކަމުގެ ބަދަލުހިފުމުގެ ގޮތުން ފުލުސް ބޯޑެއް އުފައްދައިގެން ރައީސް ސޯލިހުގެ ސަރުކާރުން ދަނީ ވަކިވަކި ފުލުހުންނަށާއި، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތުގައި ގިނަދުވަސްވަންދެން ޚިދުމަތްކޮށްދެއްވި އޮފިސަރުންނަށް ބިރުދައްކަމުންނެވެ.

މީގެ ތެރެއިން ބައެއް އޮފިސަރުން ވަކިކޮށްފައިވާއިރު ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ފުލުހުންނަށް ފިޔަވަޅުއެޅުމަށްވެސް ނިންމާފައިވާކަން އިތުބާރުހުރި މަސްދަރަކުން ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީގެ މިވެރިކަމުގައިވެސް ޤާނޫނު ހަދާ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ދަނީ ފުލުހުންނާއި ސިފައިންނަށް ފުރައްސާރަކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button