ޚަބަރު

އުތުރުތިލަފަޅުން ގޯތި ދޭން ވިދާޅުވެ، ރައީސް ޞާލިހްގެ އިތުރުފުޅެއް!

އުތުރުތިލަފަޅުން ގޯތި ދޭން ނިންމާފައި ނެތްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާއީބާރުން ބުނެފިއެވެ.

އުތުރުތިލަފަޅުން ގޯތި ދޫކުރަން ރައީސް އިބްރާހީމް ނިންމަވާފައިވޭ ނޫންތޯ ދިޔަރެސް މީޑިޔާއިން ސުވާލުކުރުމުން ސިފައިންގެ މީހާވަނީ އެފަދަ ނިންމުމެއް ނިންމާފައި ނެތް ކަމަށްވެސް ބުނެފައެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް އޭނާ ވަނީ އެތަނުން ގޯތި ދޫކުރަން ނިންމާފައި ނުވާކަމަށް ބުނެފައެވެ.

އުތުރު ތިލަފަޅު މަޝްރޫއަކީ ޖުމްލަ 186 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާ މަޝްރޫޢެކެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 2.9 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރެއިން 50 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސާފައިވެއެވެ.

https://x.com/axanner/status/1705935457027309738?s=46&t=f3PB7ENOf9BSgrkYX9VxqA

އުތުރުތިލަފަޅު މަޝްރޫޢު ކުރިއަށްގެންދާއިރު ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް އެތަނުގައި ޤާއިމުވެ ތިބެވޭ ގޮތަށް ދިވެހި ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުމެއް ހަދާފައިވެއެވެ. ރާއްޖޭގައި އެކި ނަންނަމުގައި ތިބޭ އިންޑިއާ ސިފައިންނަށް ސަރުކާރުން އަންނަނީ ޑިޕްލޮމެޓުންނަށް ފޯރުކޮށްދޭ މިންވަރުގެ އިމްތިޔާޒުތައް އެއްބަސްވުންތަކުގެ ތެރެއިން ދެމުންނެވެ. އެގޮތުން އެމީހުންގެ އަތުގައި ހުންނަ ތަކެއްޗާ ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމުގެ އިޚުތިޔާރު ދިވެހި ސަރުކާރަށް ނޯވެއެވެ.

މަދަނީ ކުންފުންޏަކުން ތަންފީޒުކުރާ ބަނދަރު ހެދުމުގެ މަޝްރޫޢަކަށް އިންޑިއާ ސިފައިން އެތަނުގައި ފަންނީ މީހުންގެ ގޮތުގައި ޤާއިމުވެ ތިބެންޖެހެނީ ކީއްވެކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

One Comment

  1. Akram bunee giraavaru falhu hikkaafa e thanah uthuru thila falhu ge nan dhenee kamah kihaa bodu olhuvaa lume giraavaru falhu hikkaa fa goathi dhey meehu na dhin liyu muga onna nee giraavaru falhun goathi libunu kamah mi vaa gothun giraavaru falhe noan naa ne thaa

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button