ޚަބަރުސިޔާސީ

ވަޒީރު ވިދާޅުވަނީ ކިންގް ސަލްމާން މިސްކިތުގެ އޭސީ މިއަހަރުގެ ފެބުރުއަރީ 22 ގައި ރަނގަޅު ކުރިކަމަށް، މިއަދަކީ ފެބުރުއަރީ 13

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގެ އިރުމަތީ ސަރަހައްދުގައި ބިނާ ކުރި ކިންގް ސަލްމާން މިސްކިތުގެ އޭސީ މިމަހުގެ 22 ވަނަ ދުވަހު މަރާމާތު ކުރުމަށްފަހު ބޭނުންކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް މުއިއްޒު ވަނީ ސަލްމާން މިސްކިތުގެ އޭސީ ހަލާކުވެފައިވާ ކަމާއި އެކަން ހައްލު ކުރެވޭނީ ކިހާ ދުވަހަކުންތޯ މިނިސްޓަރު ޒާހިރު އާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރ ޒާހިރު ދެއްވީ އަދި މިހާތަނަށް ނާންނަ ތާރީހެއް ކަމުގައިވާ މިމަހުގެ 22 ވަނަ ދުވަހެވެ. އަދި އެދުވަހު އޭސީގެ މަސައްކަތް ނިމިފައިވާކަމަށް ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވިގޮތުގައި ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ޖެހެނީ ލޮނުގެ އަސަރުކޮށްގެން ދަބަރު ޖެހުމުގެ ސަބަބުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button