އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، އެ ޕާޓީގެ މީހުން ވަޒީފާއިން ވަކި ކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވެސް އެމަނިކުފާނު ވަކި ކުރައްވަން ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ދީފައިވާ ބާރުތައް ރައީސް ސޯލިހް ބޭނުން ކުރައްވަމުން ގެންދަވަނީ ވަރަށް ސީޔާސީ ގޮތެއްގައި ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މާގާމަށް ދެ ރައީސުންގެ ފެކްޝަނުންވެސް ކެނޑިޑޭޓުން ނެރެފައިވެއެވެ.