ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 21 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 21 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

އާޓިސްޓުންނަށް އަމާޒުކޮށްގެން “ކަވާސާ” އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ގެނެސްދޭ ގިގު ނައިޓްގެ 21 ވަނަ ޝޯ އޮންނާނީ މިރޭ 23:00 އިން 00:30 އަށެވެ.

މިރޭގެ ޝޯވ ހާއްސަކޮށްފައިވަނީ އިބްރާހީމް ރަޝާދު އަށެވެ. ރަޝާދަކީ އެކި ރިސޯޓުތަކުގައި ލައިވް ޝޯވް މިހާރުވެސް ކުޅެމުން އަންނަ ހުނަރުވެރި ސޯލޯ އާޓިސްޓެކެވެ.

ޝޯވްގެ ލިންކު

މިރޭގެ ޝޯވްގެ ޓައިޓަލް ސްޕޮންސަރ އަކީ ނޫރު މިސްކިތް ސަރަހައްދުގައި ހުންނަ ދަ ސްޕޭސް އަލާ ކާޓް ރެސްޓޯރެންޓެވެ.

ކަވާސާގެ މިވަގުތުގެ އަމާޒަކީ ކްލަބްހައުސްގައި ރަނގަޅު ފެންވަރެއްގެ ސައުންޑެއް މެދުވެރިކޮށް ކޮންމެ މަހަކުވެސް 4 ޝޯވް ބާއްވައިގެން އާޓިސްޓުންނަށް އާމްދަނީ ހޯދައިދިނުމެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވުމަކީ އެ ކްލަބުގެ އުންމީދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button