ޚަބަރުސިޔާސީ

ގަލޮޅު އުތުރު ދާއިރާއަަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ އާއްކޮގެ އަމާޒަކީ ސިޔާސީ ބާރުވެރިކަން އަންހެނުނަށް ހޯދައިދިނުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ވިދާދު (އާއްކޮ) ގެ އަމާޒަކީ ދާއިރާގެ އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވެއްޖެެވެ.

އޭވިއޭޝަން އަދި ޕްރޮޖެކްޓް މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރައްވާފައިވާ އާއްކޮ ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާއަށް ކުރި މަތިލާން ނިންމެވީ ދާއިރާގެ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކަމުގައެވެ.

”ދާއިރާގެ ގިނަ ކަންކަން އޮތީ ބޮއްސުންލާފަ. އެންމެ ބޮޑު ޓާގެޓަކީ މިދާއިރާގެ އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުން.“ އާއްކޮ ވިދާޅުވިއެވެ.

2008 އަކުން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ފެނިފައިވާ އާއްކޮ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އާއްކޮ ވަނީ ރައީސް މުއިއްޒުއަށް އޮންނަ ތާއީދު އިތުރުކޮށް، ވޯޓުވެސް ހޯއްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button