ޚަބަރު
ސަރުކާރުން ޔޫކްރޭންގައި ތިބި ދަރިވަރުންނަށް ފައިސާގެ އެހީ ފޯރުކޮށްދީފި

ދިވެހި ސަރުކާރުން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެ ނާދެވިފައިތިބި 21 ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ދަރިވަރުންނަށް ބީއެމްއެލް މެދުވެރިކޮށް ނެގޭ ފޮރިން ކަރަންސީ ލިމިޓު ވެސް މަތި ކޮށްފައިވާނެ ކަމުގައެވެ.
Financial assistance has been provided to 21 students who are unable to return to Maldives due to the ongoing crisis in Ukraine. Also, foreign currency transaction on BML cards has been increased for these students.
— Ministry of Higher Education (@MoHEmv) February 24, 2022
ހާޔާރ އެޑިއުކޭޝަނުން އިތުރަށް ބުނީ ފޮރިން ލިމިޓް އިތުރު ކޮށްފައިވަނީ 3 މާރޗް އާއި ހަމައަށް ކަމަށެވެ.