ޚަބަރު

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އިންޑިއާ ބައެއް: އެމްއެންޑީއެފް

އެމްއެންޑީއެފްގެ އުޅަނދަކަށް ދަގަނޑު ފޮށިތަކެއް އެރުވީ އިންޑިއާ ޓެކްނީޝަނުންތަކެއް ކަން އެމްއެންޑީއެފް އިން މިރޭ ކަށަވަރު ކޮށްދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކާއި މެދު އެމްއެންޑީއެފުން ބުނީ އެއީ އިންޑިއާގެ ޓެކްނީޝަނުން އުފުލި ފޮށިތަކެއް ކަމަށެވެ. އެހެންނަމަވެސް އެފޮށިތަކުގައި ހުރީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ވިދާޅުވީ ވެހިކަލަކަށް ފޮށިތަކެއް އަރުވާފައި ވަނީ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ ”ޝިޕް ކާމިޔާބު“ މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި އިންޑިއާގެ ދެސިވިލް ޓެކްނީޝަނުން ކަމަށެވެ. މިމީހުން މިމަހުގެ 19 ގައި ފުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޯސްޓްގާޑްގެ ހިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުންކަން ފާހަގަކޮށް ކެޕްޓަން ހަނާ ވިދާޅުވީ މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެގައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސްކަމުގައިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button