ޚަބަރު

ރާއްޖެއިން އައިއެސްގެ މެންބަރަކު ހައްޔަރުކޮށްފި

އެފްބީއައި އާއި ޔޫރަޕްގެ ދެގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން މާލެ އިން އައިއެސްގެ މެންބަރަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އައިއެސްގެ މެންބަރު ރާއްޖެ އިން ހައްޔަރު ކޮށްފައި ވަނީ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހުއެވެ.

ޕޮލިސް ކޮމިޝަނާރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ހައްޔަރު ކުރި މީހަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕްގައި ނިރުބަވެރި (ޓެރަރިސްޓް) ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުންމަރަން ގޮވާލާފައި ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުން ހައްޔަރު ކުރި މީހާ އަކީ 2015 ވަނަ އަހަރުން ފެށިގެން އައިއެސް ޕްރޮޕެގެންޑާ ފަތުރަމުން އަންނަ މީހެއް ކަމުގައި ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ނިރުބަވެރިކަމާއި ގުޅުން ހުރި ބޮޑު މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. މިމައްސަލަ ތަހްގީގު ކުރަމުން ގެންދަނީ އެމެރިކާގެ އެފްބީއައި އާއި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެގައުމަކާއި ގުޅިގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button