ޚަބަރު

މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫ އެމްޓީސީސީއާއި ހަވާލުކޮށްފި

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓިސީސީގެ ސީއީއޯ އލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެއްކްޓާ ޖެނެރަލް އަލްފާޟިލް ފާތުމަތް ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 50 މީޓަރުގެ ގްރޮއިން ޖެހުމާއި 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 212 މީޓަރުގެ އެއްގަމު ތޮށި ލުން ހިމެނެއެވެ. އަދި މީގެ އިތުރުން 9 މީޓަރުގެ ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 2  މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިއީ 33.72 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮއްފައިވާ މަސައްކަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button