ޚަބަރު
މޭޔާރ ވިލިމާލޭ ފްލެޓް އޮފީސް ހުޅުވައިދެއްވައިފި
މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިލިމާލޭގައި ހުންނަ ސިނަމާލެ 04 ފްލެޓްގެ އޮފީސް ހުޅުވައިދެއްވައިފިއެވެ.
މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ވިލިމާލޭގައި އޮތް ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔާރ މުއިއްޒު ވިދާޅުވީ ސިނަމާލެ 04 ގެ އިމާރާތާއި ގުޅޭ މުހިންމު ކަންކަން މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓިޖިކް ޕްލޭންގައި ހިމެނޭ ކަމަށެވެ. އޭގެތެރޭއިން ވަށާފާރު ރޭނުމުގެ މަަަސައްކަތް ނިންމައިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.