ޚަބަރު

ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދޭން ރައީސް ނިންމަވައިފި

ގޭބިސީތަކުގެ ކަރަންޓު ބިލުން 40% އަދި ފެން ބިލުން 30% ގެ ޑިސްކައުންޓެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ދުވަސްތަކަކަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ކާފިއު ނޫން ގަޑީގައިވެސް އާންމުކޮށް ބޭރަށް ނިކުމެ އުޅެވޭގޮތަށް ބަދަލު އައުމާގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ކުރިޔަށް އޮތް އެއްމަސް ދުވަހަކަށް ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުން 40% އަދި ފެންބިލުން 30% ކުޑަކުރުމަށް ރައީސް ނިންމެވިއެވެ.

”އަދި ހަމަ މިއާއެކު ވިޔަފާރރި ކުރާ ތަންތަނުގެ ކަރަންޓު ބިލުން 30% ގެ ޑިސްކައުންޓެއް ދިނުމާއި ފެން ބިލުން 20% ގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ވަނީ ނިންމާފައި“. ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލެ ސަރަހައްދު އެންމެ ފުރަތަމަ ފުރަބަންދު ކުރި ދުވަސްވަރުގައިވެސް ސަރުކާރުން ވަނީ ފެނާއި ކަރަންޓުގެ އަގަށް ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް އާންމުން ގޭގެގައި ތިބުމުގެ ސަބަބުން ގިނަ ގޭބިސީތަކުގެ ބިލްތަކަށް މާބޮޑު ފަރަގެއް އައިސްފައެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button