ޚަބަރު

އާންމުންނަށް ތުރާލަކަށްވި ޓްރާންސްފޯމަރުތައް މަގުމަތިން ނަގައިފި

އާންމުންނަށް ތުރާލަކަށްވި ސްޓެލްކޯގެ ޓްރާންސްފޯމަރުތައް މަގުމަތިން ނަގައިފިއެވެ.

މާވެޔޮ މިސްކިތް ކައިރީ މަގުން ދަތުރުކުރަން ދަތިވާ ގޮތަށް ހުރި ޓްރާންސްފޯމަރުތައް ނަގާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމުގައެވެ.

”މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތަށް.“ ފަހުމީ ވިދާޅުވިއެވެ.

ޓްރާންސްފޯމަރުމަތައް މަގުމަތީގައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ އާންމު ރައްޔިތުންނަށާއި ދުއްވާ އުޅަނދުތަކަށް ފަސޭހަކަމާއެކު ދުއްވަން ދަތިވުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހޭ މައްސަލަ މީގެ ކުރިން ވަނީ އެކިފަހަރުމަތިން ދިމާވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button