
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން އިންޑިއާގައި ދިރިއުޅޭ މުސްލިމުން ދަންޖައްސައި މަރަން ގޮވާލައިފިއެވެ.
ބީޖޭޕީ ގުޖްރާޓް ގެ ނަމުގައި ހިންގާ ވެރިފައިޑް އެކަންޓުން ކުރި ޓްވީޓެއްގައި ވަނީ މުސްލިމުން ދަންޖައްސާ ފޮޓޯއެއް އާންމުކޮށްފައެވެ.
ބޮޑަތި ފާޑުކިއުންތަކެއް އަމާޒުވުމުން އެންމެ ފަހުން މި ޓްވީޓް ވަނީ ޑިލީޓް ކޮއްލާފައެވެ.
ބީޖޭޕީން މުސްލިމުން މަރަން ގޮވާލައިފައި މިވަނީ އިންޑިއާގައި ބުރުގާ އަޅާ އަންހެން ކުދިންނަށް އެގައުމުގެ ހިންދޫ މީހުން އެތަށް ޖެއްސުމެއްކޮށް ސްކޫލަށާއި ޔުނިވާރސިޓީ ތަކަށް ވަނުން މަނާކޮށް ބުރުގާ އެޅުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.