މުނިފޫހިފިލުވުން

ލައިވް ޑުއެޓަކާ އެކު ކަވާސާގެ 20 ވަނަ ގިގު މިރޭ!

ކަވާސާގެ 20 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ކްލަބެއް ކަމަށްވާ  ”ކަވާސާ“ އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ގެނެސްދޭ ގިގު ނައިޓްގެ 20 ވަނަ ޝޯ އޮންނާނީ މިރޭ 23:00 އިން 00:30 އަށެވެ.

މިރޭގެ ޝޯވއިން އަޑު އިވިގެންދާނީ ހުނަރުވެެރި ލަވަކިޔުންތެރިޔާ  ފާލިހް އާދަމް އާއި ޝަމާގެ ރީތި ލައިވް ޑުއެޓް ލަވަތަކެކެވެ. އަދި ޝޯވ ސްޕޮންސަރ ކޮށްފައިވަނީ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އެޑްވެންޗަރ ހޮލިޑޭޒްގެ ފަރާތުންނެވެ.

ޝޯވްގެ ލިންކު

މި ޝޯވް އާއި ގުޅޭގޮތުން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވިގޮތުގައި ލައިވް ޑުއެޓެއް އޯޑިއަންސަށް  ގެނެސްދޭން ނިންމީ އަނެއްކާވެސަ ތަފާތު ޝޯވް އެއް ގެނެސްދިނުމަށެވެ.

“ކްލަބް ހައުސްގަ ރަނގަޅު ސައުންޑެއްގަ ކޮށްލަން މިއީވެސް ތަފާތު ކަމެއް. މިއީ ކަވާސާގެ ފުރަތަމަ ޑުއެޓް ނައިޓް. އަންހެން އާޓިސްޓުން ޕާފޯމް ކުރުމަކީ ދިވެހި މިއުޒިކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް.” މެޒޯ ވިދާޅުވިއެވެ.

މެޒޯ ވިދާޅުވީ ކަވާސާ އިން އަންހެން އާޓިސްޓުން ކުރިއެރުވުމަށް ވަރަށް ބޮޑަށް އިސްކަން ދޭ ކަމުގައެވެ. އަދި “ކަވާސާ”ގެ ކުޑަދަށުގައި ކުޅެގެން ކޮންމެ އާޓިސްޓަކަށްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރިއެވެ.

މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މި މަސައްކަތަށް މިހާރު ވަނީ ބޮޑު ތަރުހީބެއް ލިބި ބައިނަލްއަގުވާމީ މިއުޒިޝަނުންގެ ސަމާލުކަމަށް ކަވާސާގެ މަސައްކަތް އައިސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button