ޚަބަރުސިޔާސީ

މާލޭ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދޭން ޖެހޭ: މޭޔާރ މުއިއްޒު

ރާއްޖޭގެ އެހެން ރަށްރަށުގައި ހިލޭ ގޯތި ދޫކުރެވޭ ގޮތަށް މާލޭގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ސަރުކާރުން ދޫކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުގެ މީޑިއާ ގުރޫޕަށް މުއިއްޒު ފޮނުވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ދެވޭއިރު މާލެ ސަރަހައްދުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ނުދެވުމަކީ ހަމަހަމަކަން ނެތި ދިއުން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ސަރުކާރަށް ގޮވާލަން، ހުޅުމާލޭން މާލެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް : މުއިއްޒު ވިދާޅުވިއެވެ.

1000 ގޯތި ދޫކުރެވޭ ބިމުގެ އަގު ހަމަޖެއްސުމަށް އެހެން ބިންތަކާއި ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯއްދެވުމަކީވެސް ކުރެވޭނެ ކަމެއް ކަމުގައި ވިދާޅުވެ މުއިއްޒު ހިޔާލު ދެއްވިއެވެ.

ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ކައުންސިލާއި މަޝްވަރާ ކޮށްފައެއް ނުވެއެވެ. މިކަމާއި މީގެ ކުރިން މޭޔާރ މުއިއްޒު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button