ޚަބަރުސިޔާސީ

ރައީސް ޔާމީނާމެދު ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ދަޢުލަތުގެ ވެރިންނަށް ދެއްވީ އިންޑިއާ ސަފީރު: އިދިކޮޅު

ދިވެހި ދަޢުލަތުގެ އިސްވެރިން މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރު ކުރިވަގުތު އިންޑިއާ ސަފީރު ރައީސް އޮފީހުގައި އިންނެވިކަމަށާާއި، އެ ފަރާތްތަކަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާމެދު ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް އޮފީހަށް އެބޭފުޅުން މިއަދު ހާޒިރުކުރީ ކުރިއަށްއޮތް ޢީދު ބަންދުތެރޭގައިވެސް ރައީސް ޔާމީނަށް އިތުރު އަނިޔާދޭން ކަމަށާއި، މިކަމަށް އިރުޝާދު ދެއްވީ އިންޑިއާ ސަފީރާއި، ރައީސް އިބްރާހިމް ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައަށްވުރެ ބާރަށް އެމަނިކުފާނުގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ ރ. ފުށްގިރި މުޢާމަލާތާ ގުޅޭ ޝަރީޢަތްތަށް ރާސްލާފައި ގެންދިއުމާއި ގުޅިގެން އިދިކޮޅުން މިއަދު ޕްރޮސިކިޔުޓަރ ޖެނެރަލް ޝަމީމް އާއި ބައްދަލު ކުރިތާ އިރުކޮޅެއްގެ ތެރޭގައި ޕީޖީ ޝަމީމްގެ އިތުރުން އެކި މުޢައްސަސާ ތަކުގެ ވެރިން ވަނީ ރައީސް އޮފީހަށް ހާޒިރު ކޮށްފައެވެ. އެގޮތުން ހޯމް މިނިސްޓަރ އިމްރާން އާއި، އެޓާނީ ޖެނެރަލް ރިފްޢަތުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު މިއަދު ރައީސް އޮފީހަށް ހާޒިރުކުރިއެވެ.

”ރައީސް އޮފީހަށް އެބޭފުޅުން މިއަދު ހާޒިރުކުރީ ބަންދުތެރޭގައިވެސް ރައީސް ޔާމީނަށް އިތުރު އަނިޔާދޭން. އެވަގުތު އިންޑިއާ ސަފީރު ރައީސް އޮފީހުގައި އިންނެވި، އެ ފަރާތްތަކަށް ރައީސް ޔާމީނާމެދު ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުދެއްވީ އިންޑިއާ ސަފީރާއި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު. އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ލީޑަރޝިޕުން ރައީސް ސޯލިހުއާއި ބައްދަލުކުރަން ދާތާ 10 ވަރަކަށް ދުވަސް ވެއްޖެ ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމަޔަށްވެސް އިދިކޮޅު ލީޑަރޝިޕާއި ރައީސް ބައްދަލު ކުރައްވާފައި ނުވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުން ތިއްބެވީ ވަރަށްބޮޑަށް ތައްޔާރު ވެގެން ކަމަށާއި، މިއަދު ފެނިގެން އެދިޔައީ އޭގެ ކުޑަ މިންވަރެއް ކަމަށެވެ. އަދި އިދިކޮޅުގެ މަސައްކަތް ހުއްޓާލާނީ ސަރުކާރާއި ހަވާލުވެފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
”ވަރަށްބޮޑު ބަންދަަށް މިދަނީ އަޅުގަނޑު ރައީސް ސޯލިހަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާށޭ މި ބަންދު ތެރޭގައި މާފަސޭހައިން ތިބޭފުޅުންނަށް ޗުއްޓީ ހޭދަކޮށްލެވިދާނޭ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެކަމަށް އެކުލަވާލާފައިވާ ޓީމްތަކުން ސަރުކާރު އިދާރާތަކަށް ވަޑައިގަންނަވާއިރު، އެ މަސައްކަތް ޢީދު ބަންދަށް ފަހުވެސް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އިދިކޮޅުން ވަނީ ދެއްވާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ މުޒާހަރާތައްވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button