ޚަބަރުސިޔާސީ

ސިޓީ ކައުންސިލުގެ ތަަރައްގީގެ ޕްލޭން ފެއިލް ކޮށްލުމަކީ މާލޭގެ ރައްޔިތުން ފެއިލް ކޮށްލުން: މުއިއްޒު

ސިޓީ ކައުންސިލުގެ ތަރައްގީގެ ޕްލޭން ފެއިލް ކޮށްލުމަކީ، މާލެ ރައްޔިތުން ފެއިލް ކޮށްލުން ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ފަސް އަހަރަށް އެކުލަވައިލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މުއިއްޒު ވަނީ އެކަމާ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން، އެސްއޭޕީ އެކުލަވާލިޔަސް، ސަރުކާރުން އެއްބާރުލުން ނުދޭނަމަ، އެ ޕްލޭން ތަންފީޒު ކުރަން ފަސޭހަ ނުވާނެ ކަމަށެެވެ. އަދި މާލޭގެ ރައްޔިތުންނަށްޓަކައި، މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރަށް އެއްބާރުލުންދޭން ޖެހޭ ހުރިހާ ކަމެއްގައި އެއްބާރުލުން ދޭނެ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލަށް ސަރުކާރުން ޖެއްސުން ކުރާނަމަ، އެކަމުގެ ގެއްލުން ލިބޭނީ މާލޭގެ ރައްޔިތުންނަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button