ޚަބަރުސިޔާސީ

އެލަވެންސް ކަނޑައެޅުމުން މުވައްޒިފުންގެ ހުއްޓުމެއް ނެތް ޝުކުރު މޭޔަރަށް

މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒިފުން އެކައުންސިލުގެ މޭޔާރ ޑރ މުހައްމަދު މުއިއްޒުއަށް ތައުރީފު ކުރައްވާ ޝުކުރު އަދާކޮށްފިއެވެ.

މޭޔާރ މުއިއްޒު ފާހަގަ ކުރެވިފައިވަނީ މުވައްޒިފުންނާއި ގުޅިގެން މަސައްކަތް ކުރައްވާ ހީވާގި ބޭފުޅެއްގެ ގޮތުގައެވެ. މިއަދުގެ ޖަލްސާގައި މޭޔާރ އިސްވެ ވަނީ މުވައްޒިފުންނަށް ހާޒިރީ އެލަވެންސެންދޭން ހުށައަޅުއްވާ އެކަން ފާސްކޮށްދެއްވާފައެވެ.

މިކަމާއިގުޅިގެން ސިޓީ ކައުންސިލުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ އެކި ފަންތީގެ މުވައްޒިފުން އަންނަނީ މޭޔާރ މުއިއްޒުއަށް ހުއްޓުމެއް ނެތި ޝުކުރު އަދާ ކުރަމުންނެވެ.

މިއީ މަލޭ ސިޓީ ކައުންސިލުގެ މޭޔަރ ކަން ކުރައްވާ ބޭފުޅަކު މުވައްޒަފުންނާ މިހާ ގާތުން މަސައްކަތް ކުރާތަން ފެނިގެންދާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button