ދިވެހިން ޔުކްރެއިނަށް ދަތުރުނުކުރަން އަންގައިފި

ޔޫކްރޭނަށް ދިވެހިން ދަތުރުނުކުރަން ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ސަރުކާރުން މިފަދައިން އަންގާފައި މިވަނީ ޔުކްރޭނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާތީއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޔުކްރެއިންގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިވެހިން އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.
އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.