
ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރި ކުރަން ބޭނުންވާ މީހުނަށް އެ ކަމެއް ކުރެވެނީ އޭރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް 115 ފަހަރު ގުދުވެގެން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅާފައިވަ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ގާނޫނުތަކާއި އަމުރުތަކެއް ވިޔަފާރިތަކުގެ މައްޗަށް އޮންނާތީ ވިޔަފާރި ކުރުމުގެ ފަސޭހަ މާހައުލެއް ނެތް ކަމަށެވެ.
”ރާއްޖޭގައި މި ފެންނަނީ ބައެއް މައްސަލަތަކުގައި ވިޔަފާރިވެރިޔާ ވެސް ސާފެއް ނޫން،“ ޖާބިރު ވިދާޅުވިއެވެ.
ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖާބިރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރުއްސެވުމަށް ފަހު، ދެން ކުރަން ޖެހޭ ކަމަކީ ވަޒީރު ރުއްސެވުން ކަމަށެވެ.