ޚަބަރުސިޔާސީ

ސްޓެލްކޯގެ ހިންގުމުގެ ތާރީހުގައި ފަހުރުވެރި ބައްދަލުވުމެއް! 

ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި އިއްޔެ ބާއްވައިފިއެވެ.

ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީ އިންޖީނުގޭ އޮފީހުގައެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް އެކުންފުނީގެ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button