
ޑިމޮކްރަސީ ފުރާ ފުރިހަމަ ވާނީ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ތާއަބަދުގެ އަބަދަށް ހުންވެމުންތޯ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު އެމަނިކުފާނާ ސުވާލު ކުރައްވައިފިއެވެ.
ހީނާ މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދަށް އޮތުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވުމާގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
Verikamugai abadhu onnan QA ah islaahu gennan vee “Abadhume verikamugai onnanee MDP” kamashaai abadhume verikamugai hunnaany “Manikufaanu” kamah. Eyrun democracy abadhume furaa furihama vefa onnanee. 😂
..so called the champions of democracy. 🤷🏽♀️ pic.twitter.com/YM0RzaOJVE— Heena Waleed 🇲🇻 (@HeenaWaleed) February 10, 2022
ވެރިކަމުގައި އެމްޑީޕީ އަބަދަށް އޮތުމަށް އިންތިހާބުގެ ފުރަތަމަ ބުރުގައި 30 އިން ސައްތައަށްވުރެ މަތިން ވޯޓު ލިބޭ ކެނޑިޑޭޓު ވެރިކަމަށް ގެންނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން ހީނާގެ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހީނާ ފާހަގަކުރެއްވިގޮތުގައި ވެރިކަމުގައި އަބަދު އެމްޑީޕީ އޮންނަން ބޭނުންވީމަ ގާނޫނޫ އަސާސީވެސް އިސްލާހު ކުރަންވީއެވެ.
”އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީ ކަމަށާއި، އަބަދުމެ އެމްޑީޕީގައި ހުންނާނީ މަނިކުފާނު ކަމަށް. އޭރުން ޑިމޮކްރަސީ އަބަދުމެ ފުރާ ފުރިހަމަވެފަ އޮންނާނީ.“ ހީނާ ވިދާޅުވިއެވެ.
ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި ދައުވާ ކުރާ ބައެއްގެ ހާލަތަކި މިއީތޯވެސް ހީނާ ވަނީ ސުވާލުކުރައްވާފައެވެ.