ޚަބަރު

މަތިމައްޗަށް ޓެކްސްނަގައި ރައްޔިތުން ނިކަމެތިކޮށް ގައުމު ބަނގުރޫޓު ކޮށްފި: ޝިޔާމް

‏މަތިމައްޗަށް ޓެކްސްނަގައި ރައްޔިތުން ނިކަމެތިކޮށް ގައުމު ބަނގުރޫޓުކޮށްފި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި މުދަލާ ހިދުމަތުން ނެގޭ ޓެކްސް ސަރުކާރުން ބޮޑުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ެައަމީނީ މަގު ހެދުމަށް ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަތް މައްސަލަ ކުށްވެރިކޮށް މާލެ ސިޓީގެ ގަލޮޅު އުތުރުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަ ދައްކަވާ ވީޑިއޯއެއް ހިއްސާ ކުރައްވައި މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ އާންމު މެންބަރުން ލަދުގަންނަވާލައިފި ކަމުގައެވެ.

ޕްރޮޖެކްޓުތައް އެތައް ގުނައެއް ބޮޑު އަގުގައި ހިންގަމުން ދާ ކަމަށާއި، ކަންކަން ލާމަރުކަޒު ކުރެވިފައި އޮތީ ކަރުދާހުގައި އެކަނިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މާލެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އާރުޑީސީ އާއި ހަވާލު ކުރީ އެކުންފުނިން ހުށަހެޅި އަގު ކަމަށްވާ 39 މިލިއަން ރުފިޔާއަށެވެ. އެކަމަކު ޕްލޭނިންގ މިނިސްޓްރީއިން އެ މަސައްކަތް އާރުޑީސީއާއި ފަހުން ހަވާލު ކުރީ 84 މިލިއަން ރުފިޔާ އަށެވެ. މިކަމާ ގުޅިގެން މޭޔަރު މުއިއްޒު ވަނީ ޕްލޭނިން މިނިސްޓްރީގެ މައްޗަށް 45 މިލިއަން ރުފިޔާގެ ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނުގެ އިތުރުން ކޮންޓްރެކްޓަރާ ބެހޭ ގާނޫނަށް މިނިސްޓްރީއިން ހިލާފުވެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް މިނިސްޓްރީއިން ވަތް މައްސަލައިގައި ކައުންސިލުން އަމަލުކުރާނެ ގޮތް ވަރަށް އަވަހަށް ނިންމަވާނެކަން މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

މަގު ހެދުމުގެ މައްސަލައިގެ އެއްބަސްވުމާގުޅޭގޮތުން އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މުއިއްޒުގެ ވާހަކައަށް ތާއީދު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button