ޚަބަރުސިޔާސީ

ރައީސް ޔާމީންގެ މައްސަލަ ފުލުފުލުގައި ތާވަލްކުރީ މިނިވަންވާނެކަން އެނގޭތީ: ސައީދު

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ރ. ފުއްްގިރި މުޢާމަލާތާއި ގުޅޭގޮތުން ދަޢުލަތުން ކޮށްފައިވާ ދަޢުވާގެ ޝަރީޢަތްތައް ފުލުފުލުގައި ކްރިމިނަލް ކޯޓުން ތާވަލްކުރީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިން އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވުމުން އަނެއްކާވެސް ރައީސް ޔާމީންއަށް އިތުރު ޙުކުމެއް ކުރުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޔާމީންގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަތައް ފުލުފުލުން ތާވަލްކުރީ އެމަނިކުފާނުގެ މައުސޫމް ކަމާއެކު ސަލާމަތްވެވަޑައިގަންނަވާނެތީ އެމަނިކުފާނު މިނިވަންވާ އިރަށް އިތުރު ހުކުމެއް ކުރުމަށް ކަމަށެވެ.
”ރައީސް އިބްރާހީމް މުހައްމަދުގެ އެންގުމަށް، ސީދާ އެންގުމަށް ދަށު ކޯޓުގައި، ރައީސް ޔާމިން ހައިކޯޓުން ސަލާމަތްވެވަޑައިގަންނަވާނެ އިންޝާ ﷲ، އެމަނިކުފާނުގެ މައުސޫމް ކަމާއެކު ސަލާމަތްވެވަޑައިގަންނަވާނެތީ ދަށު ކޯޓުގައި މިއޮއް އަތުރާލީ ތަރުތީބުކޮށް ކޮންމެ ދުވަހެއްގައި އަޑު އެހުމެއް އޮންނަ ގޮތަށް،“ ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިހާރު ހައިކޯޓުގައި އިސްތިއުނާފު އެ އޮތް މައްސަލައިގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރު ރައީސް އޮފީހުގެ އެންގުމަށް ޗުއްޓީ ނަގަން ވަނީ މަޖުބޫރުކޮށްފައި ކަމަށެވެ.
”އަނިޔާވެރިކަން އިންތިހާއަށް އެއްގިޔަރު، ހަ ގިޔަރު އަދި އިތުރަށް ޖައްސާލާފަ ރައީސް ޔާމީންގެ ދުވަސް ދުއްވާލަން މިއަދު މި އުޅެނީ. އެހެންވީމަ ޖުލައި މަސް އެއްކޮށް މިއުޅެނީ ދަށު ކޯޓު ހިންގާފަ އިސްތިއުނާފު ލަސްކުރަން ވެގެން،“ ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅުވާ ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް އަންނަ ޖުލައި މަހަށް ފަސްކޮށްފައިވާއިރު މި މައްސަލައިގެ އަޑުއެހުންތައް އަންނަ ޖުލައި މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button