ފޮނި ވާހަކައިން ވެރިކަން ކުރެވެންޔާ އެމް.ޑީ.ޕީ އެކަން ކޮށްފި ކަމުގައި ޕީއެންސީގެ ރެޖިސްޓެރާ މުހައްމަދު އަފޫ ވިފާޅުވެއްޖެއެވެ.
އަފޫ ކުރެއްވި ޓްވީޓެއްގައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލްއަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.
ނާޒިލް އިއްޔަ ވަނީ ބަގާވަތް ކުރި މީހުން ކަމަށް ދަންޖައްސަން ޖެހޭ ކަމުގައި ގޮވާލައިފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދުގެ އެމް.ޑީ.ޕީ ސަރުކާރުގެ ހޯމްމިނިސްޓަރާއި ކެބިނެޓުގެ ވަޒީރުންނާއިހަމައިން ދަންޖެއްސުމުގެ މަސައްކަތް ފަށަން ކެރޭނެތޯ އަފޫ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދުގެ އެމް.ޑީ.ޕީ ސަރުކާރުގެ ހޯމްމިނިސްޓަރާއި ކެބިނެޓުގެ ވަޒީރުންނާއިހަމައިން ފަށަންވީނުންތޯ؟
ގައުމުގަ ހުޅުޖެހި މީހުންގެ މުދާ ދަޢުލަތަށް ނަގައިގެންވިއަސް އެގެއްލުމުގެ ބަދަލު ނުނެގިގެން މިއުޅެނީ ކޮންހުރަހެއް އޮވެގެން؟
ފޮނި ވާހަކައިން ވެރިކަން ކުރެވެންޔާ އެމް.ޑީ.ޕީ އެކަން ކޮށްފި! https://t.co/rJMImPMHMk— Mohamed Afoo Hamid (@AfooMV) February 8, 2022
ގައުމުގަ ހުޅުޖެހި މީހުންގެ މުދާ ދަޢުލަތަށް ނަގައިގެންވިއަސް އެގެއްލުމުގެ ބަދަލު ނުނެގިގެން މިއުޅެނީ ކޮންހުރަހެއް އޮވެގެންތޯ ވެސް އަފޫ ވަނީ ސުވާލު އުފައްދަވާފައެވެ.
މިދެން ކާކު. މާސިޔާސީ މީހެކޯ. ތިކަހަލަ ކަންކަމާ އުޅުމަށްވުރެ އާއިލާއަށް އެހީވިއްޔާ މާރަނގަޅުވާނެ..,.. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ