ޚަބަރު
ރާއްޖެއަށް އެތެރެ ކުރަނިކޮށް ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ދޫނި މަރާލައިފި
ރާއްޖެއަށް އެތެރެ ކުރަނިކޮށް ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ދޫނި މަރާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން މިގޮތަށް ކަންތަށް ކުރުމުން ގިނަބައެއްގެ ފާޑު ކިޔުން އަންނަނީ އެމިނިސްޓްރީއަށް އަމާޒުވަމުންނެވެ.