ޚަބަރުދުނިޔެ

ކޯވިޑުގެ ހާލަތު އިންޑިއާގައި އަދިވެސް ގޯސް، ބަލި ޖެހުނު މީހުންގެ އަދަދު 27 މިލިޔަނަށް ގާތްކޮށްފި!

ކޯވިޑް-19 ގެ ހާލަތު އަވަށްޓެރި އިންޑިއާގައި ގޯސްވެ، ބަލި ޖެހުނު މީހުންގެ އަދަދު 27 މިލިޔަނަށް ގާތްކޮށްފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް އިންޑިއާގެ 26،948،874 (ސައްބީސް މިލިޔަން، ނުވަލައްކަ ސާޅީސް އަށް ހާސް، އަށްސަތޭކަ ހަތްދިހަ ހަތަރެއް) މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.

ޖުމްލަ 307،249 (ތިން ލައްކަ ހަތްހާސް، ދުއިސައްތަ ސާޅީސް ނުވައެއް) މީހުން މަރުވެފައިވާއިރު، ފުރާނަޔަށް ނުރައްކާވެފައިވާ އެތައް ހާސް ބަޔަކު އެގައުމުގައި އެބަ ތިއްބެވެ. އިންޑިއާއަކީ ދެވަނަޔަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އެގައުމުގެ އާބާދީއަކީ 1.3 ބިލިޔަން މީހުންނެވެ. އެކަމަކު މި ބައްޔަށް 4 ލައްކަ މީހުންވެސް ޓެސްޓުކޮށްފައިނުވެއެވެ. އަދި އަވަސް މިނެއްގައި ބަލި ފެތުރެމުންދާއިރު ގިނަ މީހުން ހޮސްޕިޓަލުން ފިލައިގެން ދާ މައްސަލަތައް ގިނައެވެ. އެހެން ކަމުން ބަލީގެ ތަފާސްހިސާބުތައް އެންމެ ރަނގަޅު ނޫންކަން އެކަށީގެންވެއެވެ.

ދުނިޔެއިން ކޯވިޑް-19 ފެނުނު އެންމެ ފުރަތަމަ ގައުމު ކަމަށްވާ ޗައިނާގެ އާބާދީއަކީ 1.4 ބިލިޔަނެވެ. އެކަމަކު އެގައުމުން ކޯވިޑަށް ފައްސިވީ 91،000 (ނުވަދިހަ އެއް ހާސް) މީހުންނެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 5،000 (ފަސް ހާސް) އަށް ނާރައެވެ.

އިންޑިއާގައި މަރުވާ މީހުން އެންދުމުގެ ކަންކަމަށް ބުރޫ އަރާފައިވާއިރު އަންދަން ބޭނުންކުރާ ދަރު ހޯދުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އަދި އެކަށީގެންވާ ވަރަށް އޮކްސިޖަން ނެތުމުގެ ސަބަބުންވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ. އާބާދީއަށް ބޭނުންވާ ވެކްސިން ނެތުމަކީވެސް އޮތް ގޮންޖެހުމެކެވެ. ދުނިޔޭގެ ގައުމުތަކުގައި ފެތުރޭ ކޯވިޑް ގެ ވޭރިއަންޓްތަކަށް ބަލާއިރު އެންމެ ނުރައްކާތި ވޭރިއެންޓްތަކަކީ އިންޑިއާގެ ވޭރިއެންޓެ ތަކެވެ. އެގޮތުން އިނގިރޭސި ވިލާތުން އެކަނިވެސް ވަނީ އިންޑިއާގެ ވޭރިއެންޓެއް ފެނިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button