ޚަބަރު

ފްރޭމް ކުރި މީހުނާއި ދެކޮޅަށް ދަޢުވާ ކުރާނަން: ރައްޒާން

މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށާއި އެކަން ކުރި މީހުނާއި ދެކޮޅަށް ދަޢުވާ ކުރާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ރައްޒާން ބަންދު ކުރީ 5 ދުވަހަށެވެ. މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ރައްޒާން ވަނީ މިނިވަންކޮށްފައެވެ.

މިނިވަންކުރުމަށްފަހު ޓަކީ ވަނީ މި ޢަމަލަކީ ގަސްތުގައި ރާވައިގެން ބަޔަކު ފްރޭމް ކުރުމަށް ސަރުކާރުން ކުރިކަމެއްގޮތުގައި ސިފަކުރައްވާފައެވެ.

މިއަޅުގަނޑު އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައެއް ނޯންނާނެ. އެކަން ފުލުހުންނަށްވެސް އެނގޭނެ. އީ ހަމަ ސަތޭކަ ޕަސެންޓް ފްރޭމް ކުރުމެއް

އޭނާ ތަކުރާރުކޮށް ދެންނެވީ ޔޯގާ ހަރަކާތުގައި ހިނގާދިޔަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށާއި، މިއީ ފްރޭމް ކުރުން ކަމަށެވެ. އަދި އޭނާއެފަދަ ކަމެއްގައި ބައިވެރި ނުވާކަން ފުލުހުންނަށްވެސް އެނގޭނެ ކަން ޓަކީ ފާހަގަކުރެއްވިއެވެ.

ބަންދުގައި ބެހެއްޓި ފަސްދުވަހު އާއިލާ އާއި ގުޅޭނެގޮތެއް ހަމަ ޖައްސައިދީފައިނުވާއިރު، އޭނާގެ ވަކީލުންނާއިވެސް ބައްދަލުވެވޭނެ އިންތިޒާމްހަމަޖަައްސައިދީފައިނުވާކަން ޓަކީ ފާހަގަކުރެއްވިއެވެ.

ޔޯގާ ހުއްޓުވި މައްސަލައިގައި ދެ ޝެއިޚަކު ހިމެނޭހެން ޖުމްލަ 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button