މުނިފޫހިފިލުވުން

ކަވާސާގެ 18 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 18 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

އާޓިސްޓުންނަށް އަމާޒުކޮށްގެން ”ކަވާސާ“ އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ގެނެސްދޭ ގިގު ނައިޓްގެ 18 ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 އަށެވެ.

މިރޭގެ ޝޯވ ހާއްސަކޮށްފައިވަނީ ހުނަރުވެރި ސޯލޯ އާޓިސްޓު ނަވާޒު އަލީ އަށެވެ. ނަވާޒް އަކީ ރިސޯޓު މިއުޒިކުގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ، އަދި މިހާރުވެސް ކްލަބް ހައުސްގައި ޕާފޯމް ކުރަމުން އަންނަ އާޓިސްޓެކެވެ.

ޝޯވްގެ ލިންކު

މި ޝޯވް އާއި ގުޅޭގޮތުން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވީ އެ ކްލަބަކީ ރާއްޖޭގެ މިއުޒިޝަނުންނަށް ކްލަބްހައުސް މެދުވެރިކޮށް އާމްދަނީ ލިބޭނެ ރަނުގެ ފުރުސަތެއް ކަމުގައެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ އާޓިސްޓުންނާ މިއުޒިކް ދާއިރާގެ މެންބަރުންގެ އިތުރުންވެސް އޯޑިއެންސްގެ ހިޔާލު ހިމަނައިގެން މި ކޮންސެޕްޓް އިތުރަށް ޑިވެލޮޕް ކުރުން. މިއީ ދިގު މުއްދަތަކަށް އާޓިސްޓުންނަށް އެކަށީގެންވާ އާމަދަނީއެއް ލިބޭނެ މަސައްކަތަށް ވެގެން ދިއުމަކީ ކުރެވޭ އެންމެ ބޮޑު އުންމީދު.” މެޒޯ ވިދާޅުވިއެވެ.

“ކަވާސާ”ގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ.

މި ކްލަބުގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. އެގޮތުން މިރޭގެ ޝޯވް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުންވެސް ”ކަވާސާ“ ގެ މާކެޓިން ނަންބަރު 9767119 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެ އެވެ.

މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މި މަސައްކަތަށް މިހާރު ވަނީ ވަރަށް ބޮޑޫ ތަރުހީބެއް ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button