ޚަބަރުސިޔާސީ

ސިޔާސީ ކުރިމަގެއް ނެތް އެމްޓީޑީ އަށް މުހިންމުވީ ޕީޕީއެމް އާއި ޒާތީވުން

މިއަދު ނިމިގެންދިޔަ ށ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމަށް ނާކާމިޔާބު ވުމުން އެޕާޓީ ރީފޯމް ކުރަންޖެހޭ ކަމުގައި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކްސް ( އެމްޓީޑީ ) އިން ގޮވާލައިފިއެވެ.

އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނީ ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމުގައެވެ. އަދި ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާއަތެއް ކަމުގައި އެ ޓްވީޓުގައި ބުނެފައިވެއެވެ.

އެމްޓީޑީ އަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އެމްޓީޑީން ޕީޕީއެމް ރީފޯމް ކުރަން ގޮވާލާފައި ވާއިރު އެމްޓީޑީ އަކީ މިހާތަނަށް އެއްވެސް އިންތިހާބެއް ކާމިޔާބު ކުރެވިފައިނުވާ ޕާޓީއެއް ކަން ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button