ޚަބަރުވިޔަފާރި

އުސޫލާއި ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ޖޫރިމަނާ ކުރަނީ!

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާއި ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް އެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް މަނާ ގަޑިތަކުގައި ވިޔާފާރި ކުރާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މި ފިޔަވަޅުތައް ތަންފީޒު ކުރަން ފަަށާނީ ބުދަ ދުވަހުން ފެށިގެންނެވެ. އެގޮތުން ބުދަ ދުވަހުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6 އިން ރޭނގަނޑު 12 އަށެވެ. އަދި ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ހިންގާނެއެވެ. ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ކޮންމެ ގޭބިސީއަކަށް ދޫކުރާ ދެ ފާސް ހިފައިގެންނެވެ. އެއީ ހެނދުނު 8 މެންދުރު 12 އަށް ދޫކުރާ ފާހަކާއި މެންދުރު 12 އިން ހަވީރު 4 އަށް ދޫކުރާ ފާހެކެވެ. މި ފާހަކަށް ފުލުހުންގެ ޕޯޓަލް Permit (police.gov.mv) މެދުވެރިކޮށް އެދެވޭނެއެވެ.

އަލަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކު ހުޅުމާލެ އާއި މާލެއާއި ދެމެދު ދަތުރެއް ނުކުރެވޭނެ އެވެ. ވިލިމާލެ އޮންނާނީ ވަކި ޒޯނެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button