ޚަބަރު

ހެކިންނަށް ނުފޫޒު ފޯރުވާކަމަށްބުނެ ރައީސް ޔާމީން ބަންދަށް ބަދަލުކޮށްދިނުމަށް އެދިއްޖެ

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ހެކިންނަށް ނުފޫޒު ފޯރުއްވަވާ ކަމަށް ބުނެ ބަންދަށް ބަދަލުކޮށްދިނުމަށް ލީގަލް ބިއުރޯ ލޯ ފާމުން އެދިއްޖެއެވެ.

މިކަމާ ގުޅިގެން ލީގަލް ބިއުރޯއިން ޕްރޮސެކިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީ ވަނީ މިސްމީޑިއާގައި އާންމުވެފައެވެ. މި ސިޓީގައި ބުނެފައިވާ ގޮތުގައި ވ. އާރަށުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި, އެމަނިކުފާނާއި ދެކޮޅަށް ހެކިބަސްދޭ ހެކިވެރިންނަށް އެމަނިކުފާނު ގެންދަވަނީ ނުފޫޒުފޯރުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައި ތިބި ބައެއް މީހުނަށް އެގައުމުގައި ފިއްތުންތައް ފޯރުވަމުންދާކަމަށާއި, އެސައިލަމް ކެންސަލް ކުރުމަށް މަސައްކަތް ކުރުވަމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ސީދާ ރައީސް ޔާމީން އެމީހުނަށް ބިރުދައްކަމުން ދާކަމަށް ބުނެފައިވެއެވެ. ލީގަލް ބިއުރޯ ފާމުން އެދިފައިވަނީ މިކަމާ ގުޅިގެން ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓައިދިނުމަަށެވެ. އަދި މި ސިޓީ ވަނީ ޕްރޮސެކިޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ފުލުހުންގެ އިދާރާއަށްވެސް ހުށައަޅާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެފާމުން ރައީސް ޔާމީންގެ މައްޗަށް މި ތުހުމަތުތައް ކުރި ނަމަވެސް, މި މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އެއްވެސް އިދާރާއެއްގައި އެދިފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޓީގައި ބޭނުންކޮށްފައިވާ އެމަނިކުފާނު ހެކިންނަށް ބިރު ދައްކާފައިވާކަމަަށް އެފާމުން ނިންމި ނިމްުމުމެއްގެ މައްޗަށް އެމަމިކުފާނު ބައްދުކޮށްދިނުމަށް އެދިފައިވާކަމަށް ދޭހަވާފަދަ އިބާރާތްތަކެކެވެ.

މިކަމާ ގުޅިގެން މިހާތަނަށް ރަސްމީ އެއްވެސް އިދާރާއެއްގެ ބަސް ލިބިފައިނުވާއިރު, ރައީސް ޔާމީނުގެ މައްޗަށްއުފުލާފައިވާ ދައުވާގެ އަޑުއެހުންތަކަށް ހެކިންގެ ގޮތުގައި މިހާތަނަށް ހާޒިރުކުރެވުނު އެއްވެސް ފަރާތެއްގެ ކިބައިން މިފަދަ ޝަކުވާައެއް ހުށައަޅާފައެއް ނުވެއެވެ.

ލީގަލް ބިއުރޯ ލޯ ފާމަކީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ގުރޫޕު ހަދައިގެން ބަޔަކު ގޮސް ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި އަޑުގަދަ ކުރި މުހައްމަދު ހަލީމް ނިސްބަތްވާ ވަކި ޖަމާއަތެކެވެ. ހަލީމަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީއެކެވެ. އަދި ރައީސް ޔާމިންގެ ގެކޮޅު ކައިރީގައި އަޑުގަދަ ކޮށް އެމަނިކުފާނަށް އިންޒާރު ދިން ފަހުން ސްޓެލްކޯގެ ލީގަލް ހެޑް ގެ ވަޒީފާ އޭނާ އަށް ސަރުކާރުން ވަނީ ދީފައެވެ.

4 Comments

  1. Amayah bafaey ves kohidhaane. Ekahala sitee eh thee. E avvure RY gatee vaane. E ee Anni eh noon. Courtah keemaa filan nidhaan amhumathee osheyve fukuhnnai thalhan ulheyge shutter thalhulaigen police gate keekaigen neren jehey. Veemaa thi gassgandu anburaigen kaamiyaabu nuvaane. Ok

  2. މީދެން ކޮން ރޑއއތ ކިހާ ބޮޑުވެއްޖެ ބލވރކމއ މީދެން. ހޭބަލިވަނީ މރޑނ . މީއަދީބުގެ އލތނނ. .މީ އެއްޗެއް ބއފއނ ރނޑއއް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button